Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޒުވާން ޔަމާލްގެ ގޯލާއެކު ސްޕެއިން ޔޫރޯގެ ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް

 ސޯޅަ އަހަރުގެ ލަމީން ޔަމާލް ޖެހި ތާރީހީ ގޯލާ އެކު، ސްޕެއިނުން 2-1 އިން ފްރާންސް ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަަތަަމަ ޖާގަ ހޯދައިފި އެވެ.

ބާލިންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު ފޯރިގަދަ ސެމީ މެޗު، ސްޕެއިނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސްޕެއިނުން ނަތީޖާ އަނބުރާލީ ފަހަތުން އަރައެވެ.

މި މެޗުގައި ސްޕެއިނަށް ލީޑުނަގައިދޭން ފަބިއަން ރުއީޒް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ޔަމާލް ނަގައިިދިން ހުރަހަކަށް އޭރިއާތެރެއިން އަރައި ރުއީޒް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ އަށް ވަނަ މިނިޓްގައި ފްރާންސުން ވަނީ ލީޑު ނަގާފައެވެ. ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން މި ލަނޑު ޖެހީ، ރަންޑަލް ކޯލޯ މުއާނީ އެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ސްޕެއިނަށް ބޮޑު ހިތްވަރެއް ލިބުނީ، 21 ވަނަ މިނިޓްގައި ޔަމާލް ޖެހި ގޯލުންނެވެ. ރޭގެ މެޗާ ހަމައަށްވެސް ވިދަމުން އައި ސްޕެއިންގެ ޒުވާން ތަރި، ޔަމާލް އޭރިއާ ބޭރުން ފްރާންސްގެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާއިން 21 ވަނަ މިނެޓުގައި މެޗު އެއްވަރުވިއެވެ. އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. މުޅި ދަނޑު ޝޮކެއްގައި ގޯލަށް ތައުރީފު ކުރިއެވެ. ސްޕެއިނަށް ހިތްވަރު އާވިއެވެ.

މިއީ، 16 އަހަރުގެ ޔަމާލް ޔޫރޯގައި ޖެހި ފުރަތަމަ ގޯލެވެ. އޭނާ އަކީ ޔޫރޯގެ ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އެވެ. އަދި ޕެލޭ އަށް ފަހު، ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ ވެސް މެ އެވެ.

ސްޕެއިނަށް އެ ގޯލުން ލިބުނު އުންމީދާއެކު އޭގެ އިރުކޮޅެއްފަހުން، 25 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ޑެނީ އޮލްމޯ ގޯލު ޖެހީ އޭރިއާ ތެރެއިން ހިތްގައިމު ޓަޗެއް ޖައްސާލައި، ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އޮލްމޯ ފޮނުވާލި ބޯޅަ ދިފާއުކުރުމަށް ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ މަސައްކަތް ކުރި ނަމަވެސް، އޭނާ ފައިގައި ޖެހި ބޯޅަ ވަނީ ގޯލު ތެރެއަށެވެ.

ފްރާންސުން ދެ ވަނަ ހާފުގައި ކުރިއަށް ޖެހިގެން ކުޅެ ފުރުސަތުތަކެއް ހޯދި ނަމަވެސް ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިރޭގެ މެޗުގެ ކުރިން، އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގަ އެވެ. އެ މެޗުން، ފްރާންސް ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ. ސްޕެއިން މި ވަނީ، މިރޭ ފްރާންސް އަތުން ފަހަތުން އަރައި މޮޅުވެ، ބަދަލުހިފައިފަ އެވެ.

ސްޕެއިނުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، މި މުބާރާތުގެ ފައިނަލަށް ޓީމެއް ދާ ފުރަތަމަ ފަހަރެެވެ. ފައިނަލުގައި ސްޕެއިން ކުޅޭނީ ސެމީގައި ނެދަލެންޑްސް އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ