ސްރީލަންކާގެ 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގ ކުރީގެ ކެޕްޓަން ދަމްމިކާ ނިރޯޝަނާ އ. 41 ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
ނިރޯޝަނާ މަރާލާފައިވަނީ ލަންކާގެ އަމްބަލަންގޯޑާގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ހުއްޓައެވެ. މިކަމާއި ގުޅިގެން ލަންކާ ފުލުހުން ވަނީ ނިރޯޝަނާއަށް ހަމަލާ ދިން މީހާ ދެނެގަނެ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
ނިރޯޝަނާމަރުވިއިރު ދުނިޔޭގައި އަތްބަކާއި ދެ ދަރިން ތިބި އެބަތިއްބެވެ.
ނިރޯޝާނާ އަކީ 2004 ވަނަ އަހަރު ކުޅިވަރުގެ ދާއިރާއިން ރިޓަޔާ ކުރުމުގެ ކުރިން އުއްމީދީ ކްރިކެޓް މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. ސްރީލަންކާގެ އުމުރުފުރާގެ ޓީމުތަކުގެ ތެރެއިން 2000 ވަނަ އަހަރު 19 އަހަރުން ދަށުގެ ޓީމުތަކަށް ނުކުތުމަށްފަހު، 2002 ވަނަ އަހަރު އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.
ސީނިއާ ޓީމަށް އޭނާ ކުޅެފައި ނުވި ނަމަވެސް އޭނާ ވަނީ ސްރީލަންކާގެ މުސްތަގުބަލުގައި ހުރި ގިނަ ތަރިން ކަމަށްވާ އެންޖެލޯ މެތިއުސް، އުޕުލް ތަރަންގާ އަދި ފަރްވީޒް މަހާރޫފް އާއެކު 19 އަހަރުން ދަށުގެ ލެވެލްގައި އަދި ފުރަތަމަ ކްލާސް ސާކިޓްގައި ކުޅެފަ އެވެ.