މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި މާކަސް ރަޝްފޯޑް އެސްޓަން ވިލާއަށް ބަދަލުވުމުގެ މަގު ތަނަވަސްވުމާއެކު، ޔުނައިޓެޑުން ބެޔަން މިއުނިކްގެ ޒުވާން ތަރި މެތިސް ޓެލް ހޯދުމަށް މަސައްކަތް ފަށައިފިއެވެ.
މެންޗެސްޓަރ އީވްނިންގ ނިއުސްއިން ހާމަކުރި ގޮތުގައި، ރަޝްފޯޑް މި ސީޒަންގެ ބާކީ އޮތް މުއްދަތަށް އެސްޓަން ވިލާއަށް ލޯނު އުސޫލުން ބަދަލުވުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. މި މަހުގެ 29 ވާ ހޯމަ ދުވަހުގެ ރޭ 11 ޖެހުމުގެ ކުރިން މި ޑީލް ނިންމޭނެ ކަމަށް އުއްމީދު ކުރެވެއެވެ.
ރަޝްފޯޑް ވިލާއަށް ބަދަލުވުމާ ގުޅިގެން، ޔުނައިޓެޑް ވަނީ 19 އަހަރުގެ ފްރާންސް ކުޅުންތެރިޔާ މެތިސް ޓެލް ހޯދުމަށް އަމާޒުދުމަށް އަމާޒު ހިފާފައެވެ. ނަމަވެސް މި ސީޒަންގައި ޓެލްއަށް ގިނަ ވަގުތު ނުލިބި، މުޅި ސީޒަންގައި އޭނާ ވަނީ 14 މެޗުގައި އެކަނި ބައިވެރިވެފައެވެ.
ސްކައި ސްޕޯޓްސްގެ ރިޕޯޓަރު ފްލޯރިއަން ޕްލެޓެންބާގް ބުނާ ގޮތުގައި ރަޝްފޯޑް ވިއްކާލުމަށްފަހު ޓެލް ހޯދުމުގެ މަސައްކަތް ފަށާނެއެވެ. އަދި އެސްޓަން ވިލާއިންވެސް ޓެލްއާ ގުޅުން ހަދާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.