ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިނެ ޔަމަލް ޗެމްޕިއަންސް ލީގުގެ މެޗެއްގައި 14 ގަޑިއިރުގެ ރޯދަ ވީއްލުމަށްފަހު ބެންފިކާއާ ދެކޮޅަށް ފާހަގަކޮށްލެވޭ ލަނޑެއް ޖަހައިފިއެވެ. މި މެޗުގެ ތެރެއިން 17 އަހަރުގެ ކުޅުންތެރިޔާ ވަނީ އޭނާގެ އިސްލާމީ އަޤީދާއާއި ކުޅިވަރުގެ ދާއިރާގައި ކުރިއަރަމުންދާ ގޮތް ދައްކުވައިދީފައެވެ.
މެޗަށްފަހު ދިން އިންޓަވިއުއެއްގައި ޔަމަލް ބުނެފައިވަނީ އޭނާ ރަމަޟާން މަހު ރޯދަ ހިފާ ކަމަށެވެ. “މިއީ އީމާންކަމުގެ ކަމެއް. އަދި އަހަރެން އަހަރެންގެ ދީނަށް އީމާންވަން. އަހަރެންނަށް ދުޅަހެޔޮ ކަމާއެކު ރޯދަ ހިފުމުގެ ޤާބިލުކަން ލިބިފައިވޭ،” ޔަމަލް ބުންޏެވެ.
އޭނާގެ ދުވަހުގެ އާދަތަކާ ބެހޭގޮތުން ވާހަކަދައްކަމުން ޔަމަލް ބުނީ، އޭނާ ފަތިހު 5 ގައި ތެދުވެ ނަމާދުކޮށް، ދުވަހު ދުވަހަށް ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް އިލެކްޓްރޯލައިޓްސް އެކުލެވޭ އެއްޗެއް ބޯ ކަމަށެވެ.
ރޯދައިގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކުރޭތޯ ސުވާލުކުރުމުން ޔަމަލް ބުނީ، ރޯދަ ހިފުމުގެ ސަބަބުން އޭނާގެ ޕަފޯމަންސްއަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި ކްލަބުން އޭނާއަށްށް ފުރިހަމަ އެއްބާރުލުން ދޭކަމަށާޢީ، އަދި 100 އިންސައްތަ ދެވޭނެ ގޮތަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދޭ ކަމަށެވެ.
ލަމީނެ ޔަމާލް އަކީ ސްޕެއިންގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ ކުޅެނީ ލަ ލީގާ ކްލަބް ބާސެލޯނާ އަދި ސްޕެއިންގެ ގައުމީ ޓީމުގައި ވިންގަރެއްގެ ގޮތުގައެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ރަނގަޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ބާސެލޯނާގެ ޒުވާން ކުޅުންތެރިން ތަމްރީނުކުރާ އެކަޑަމީ ކަމުގައިވާ ލަ މާސިއާގެ އުފެއްދުމެއް ކަމުގައިވާ ޔަމާލް، 15 އަހަރުގެ އުމުރުގައި 2023 ވަނަ އަހަރު ފުރަތަމަ ޓީމުގައި ކުޅެން ފެށިއެވެ



