ކުރިއަށް އޮތް އީދު ބައިބަލާ ޗެލެންޖް 1446ގެ މައި ސްޕޮންސަރަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ. މި ކަން އިއުލާނުކޮށްފައިވަނީ ވަނީ ބުރާސްފަތި ފުވަހު ބޭއްވި އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.
އެޗްޑީސީން ބުނިގޮތުގައި މި ޗެލެންޖް ސްޕޮންސަރ ކުރުމުގެ މައިގަނޑު މަޤްސަދަކީ މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމެވެ. އަދި މީގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.
އީދު ބައިބަލާ ޗެލެންޖަކީ ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮށް ބޭއްވޭ، ގިނަ ބައިވެރިން ބައިވެރިވާ މުހިންމު ކުޅިވަރު ހަރަކާތެކެވެ. މި އަހަރުގެ ޗެލެންޖްގައި ވެސް ގިނަ ޓީމުތަކެއް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.



