ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ ގައުމީ އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް މެއި މަހުގެ 17 ވަނަ ދުވަހު ކުޑަގިރީގައި ބޭއްވުމަށް ނިންމައިފިއެވެ.
އެސޯސިއޭޝަނުން މިހާރު ވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މެއި މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެސޯސިއޭޝަންގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުށަހެޅޭނެކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މި އަހަރުގެ މުބާރާތުގައި ހިމެނޭ އިވެންޓުތަކުގެ ތެރޭގައި 5 ކިލޯމީޓަރާއި 3 ކިލޯމީޓަރުގެ ޝޯ ރޭސް ކޯހުގެ އިތުރުން، 1 ކިލޯމީޓަރާއި 500 މީޓަރުގެ ޝޯ ރޭސް ކޯހުގެ އިވެންޓުތައް ހިމެނެއެވެ. މިއީ ރާއްޖޭގައި ފެތުމުގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރިއަށް ގެންދާ އެންމެ މުހިންމު މުބާރާތްތަކުގެ ތެރެއިން އެއް މުބާރާތެވެ.
މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ގިނަ ބައިވެރިން ވާދަކުރާ މުބާރާތެއް ކަމަށްވެފައި، މި އަހަރުވެސް ގިނަ ފެތުންތެރިން މުބާރާތުގައި ބައިވެރިވާނެ ކަމަށް އެސޯސިއޭޝަނުން އުންމީދުކުރެއެވެ.



