- Advertisement -ad image

ވޯލްޑް ކަޕްގެ ފަހު ޖާގަ ކަށަވަރު ކުރީ ކޮސްޓަރިކާއިން

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ވޯލްޑް ކަޕް ފުޓް ބޯޅަ މުބާރާތުގެ ފަހު ޖާގަ ކޮސްޓަރިކާއިން ކަށަވަރުކޮށްފިއެވެ. މިއަހަރު ގަތަރުގައި ބާއްވަަ ވޯލްކަޕްގެ ފަހު ޖާގަ ކޮސްޓަރިކާއިން ކަށަވަރު ކުރީ ނިއުޒިލެންޑް އާއި ވާދަކޮށް 1 -0 ގެ ނަތީޖާއަކުންނެވެ.

21 ނޮވެމްބަރުގައި ފަށާއި ވޯލްޑްކަޕްގައި ކޮސްޓަރިކާ އެންމެ ފުރަތަމަ ބައްދަލު ކުރާނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިންއާއެވެ. މިހާތަނަށް ކޮސްޓަރިކާ ވަނީ ހަ ފަހަރެއްގެ މަތިން ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.

މިހާތަނަށް ވޯލްޑްކަޕްގައި ކޮސްޓަރިކާއަށް ދެވިފައިވަނީ ކުއާޓާ ފައިނަލަށް 2014 ވަނަ އަހަރު އެވެ. އެފަހަރު ކޮސްޓަރިކާ ގުރޫޕުގެ އެއްވަނައިގެ ގޮތުގައި ކުއާޓަރ ފައިނަލަށް ދިޔައީ އިޓަލީ، އިންގްލޭންޑް އަދި އުރުގުއޭއާވެސް ވާދަކޮށްފައެވ.

ކޮސްޓަރިކާ ހިމެނެނީ ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކްގެ 31 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ