- Advertisement -ad image

ރޮޖަރ ފެޑްރާ ރިޓަޔަރ ކުރަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ސެޕްޓެމްބަރު މަހު އޮންނަ ލެވަރ ކަޕް އަށް ފަހު ރިޓަރ ކުރުމަށް ނިންމާފައިވާ ކަން ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑްރާ ހާމަކޮށްފިއެވެ.
އެގޮތުން ރޮޖަރ ފެޑްރާ ބުނެފައިވަނީ ފާއިތުވި 24 އަހަރުތެރޭ 1500 އަށްވުރެ ގިނަ މެޗް ކުޅެވުނުއިރު ކެރިއަރުގެ މިހާ ހިސާބަށް އައުމުން އެކަން ފާހަގަ ކުރަންޖެހޭ ކަމަށެވެ.
އަދި ޓެނިސް އަކީ އެންމެ ލޯބިވާ ގޭމް ކަމަށާއި ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށް ފެޑްރާ ބުނެފައިވެއެވެ.

‘މިއީ އަހަންނަށް ވަރަށް ހިތިފޮނި ނިންމުމެއް. ސަބަބަކީ ޓެނިސް ކެރިއާރގެ މިދަތުރުން ލިބުނު ކޮންމެ ކަމެއް އަހަރެން ވަރަށް މިސްވާނެ’ ފެޑްރާ ބުނެފައިވެއެވެ.
ރޮޖާ ބުނި ގޮތުގައި އަންނަ ހަފުތާގައި އޮންނަ ލެވޭ ކަޕް މުބާރާތަކީ އޭޓީޕީ ހަރަކާތެއްގައި އޭނާ ބައިވެރިވާނެ ފަހު ހަރަކާތެވެ. ކުރިއަށް އޮތް ތަނުގައިވެސް ޓެނިސް ކުޅޭނެ ކަމަށާއި ނަމަވެސް ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތްތަކުން ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.
2021 ވަނަ އަހަރުގެ ވިމްބްލްޑަން އަށް ފަހު ކަކުލުގެ ތިންވަނަ އޮޕަރޭޝަނެއް ކޮށް މިހާތަނަށް ފެޑްރާ އެއްވެސް މެޗެއް އަދި ނުކުޅެއެވެ.
މިދިޔަ ތިން އަހަރުވެސް ކަކުލުގެ އެންޖަރީވެ ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ފެޑްރާ ކުޅެފައިވަނީ 11 ގްރޭންޑް ސްލޭމް މެޗުން އެންމެ 3 މެޗެވެ.
ފެޑަރާ އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ އުމުރުން 16 އަހަރުގައި 1998 ގައެވެ. އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް ޓައިޓުލް އިން ވިމްބްލްޑަން ކާމިޔާބުކޮށްފައި ވަނީ 2003 ވަނަ އަހަރުއެވެ.
ފެޑްރާ އޭނާގެ ކެރިއަރ ނިންމާލާއިރު އެއިޓް މެންސް ސިންގަލް ވިކްޓަރީސް އެޓް އޯލް އިންގްލޭންޑް ކްލަބުގެ ރެކޯރޑް އޮތީ އޭނާގެ އަތުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ