- Advertisement -ad image

ސާބާ ޗެމްޕިއަންޝިޕް: މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ޓީމު މޮޅުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން- ސާބާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗް ރާއްޖެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މިރޭ ކުޅުނު މެޗްގައި ނޭޕާލު ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މިއީ ރާއްޖޭގެ އަންހެން ޓީމަށް ލިބުނު ބޮޑު ކާމިޔާބެކެވެ.
މި މުބާރާތުގައި ދިވެހި އަންހެން ގައުމީ ބާސްކެޓް ޓީމާއެކު ޖުމުލަ ހަތަރު ޓީމަކުން ވާދަކުރެއެވެ.
އެއީ ރާއްޖެ، ބޫޓާން، ލަންކާގެ އިތުރުން ނޭޕާލްއެވެ. މި މުބާރާތުގައި މާދަމާ ކުޅޭނީ ލަންކާ އާއި ބޫޓާނެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. ފަހު މެޗު އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އިންޑިޔާއާ ބަންގްލަދޭޝްވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެ ދެ ޓީމު ފަހު ވަގުތު މުބާރާތުގައި ބައިވެރި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ