- Advertisement -ad image

ސާބާ ޗެމްޕިއަންޝިޕް: ނޭޕާލުން ލަންކާ ބަލިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ސާބާ އަންހެނުންގެ ބާސްކެޓް ބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗް ނޭޕާލުން ކާމިޔާބުކޮށްފިއެވެ.
މިރޭ ކުޅެފައިވަނީ މުބާރާތުގެ ތިންވަނަ މެޗެވެ. އަދި މިއީ ނޭޕާލް އަދި ސްރީލަންކާގެ ވެސް ދެވަނަ މެޗެވެ.
ނޭޕާލުން ލަންކާގެ މައްޗަށް ކުރި ހޯދާފައިވަނީ 55 – 49 އަކުންނެވެ. މިއީ ހަ ޕޮއިންޓްގެ ފަރަގެކެވެ.
ނޭޕާލް ޓީމުން މިރޭގެ މެޗްގައި އެންމެ ގިނަ ސްކޯކޮށްފައިވަނީ ވިކްރަމަގެއެވެ. އެއީ 17 ޕޮއިންޓެވެ.
މިމުބާރާތުގައި ރޭ ލަންކާއިން ވަނީ ބޫޓާނުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ.
މިމުބާރާތުގައި މާދަމާ ދެ މެޗް ކުޅޭނެއެވެ. އެގޮތުން ހަވީރު ބައްދަލު ކުރާނީ ބޫޓާން އާއި ނޭޕާލެވެ. އަދި މާދަމާ ރޭ ކުޅޭނީ ލަންކާ އާއި ރާއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ