- Advertisement -ad image

ހައްޖުގެ އަޅުކަމަށް ސައުދީން ބޭރުން މިފަހަރު ހުއްދަ ދޭނީ އަށްލައްކަ ފަންސާސްހާސް މީހުންނަށް

ad image

ގުޅުންހުރި ލިޔުންތައް

ސަޢުދީ ޢަރަބިއްޔާއިން ބޭރުން ޙައްޖުގެ އަޅުކަމަށް އެގައުމަށް އެރުމުގެ ހުއްދަދޭނެ އަދަދަކީ 850،000 މީހުން ކަމަށް އެގައުމުން ހާމަކޮށްފިއެވެ. ސަޢުދީ ޢަރަބިއްޔާގެ ނޫހެއް ކަމުގައިވާ ޢުކާޡް ނޫހުން ބުނެފައިވަނީ މިއީ މި އަހަރު ޙައްޖުވެވޭނެ ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ޖުމްލަ އަދަދުގެ 85 އިންސައްތަ މީހުން ކަމަށެވެ.

ކޮންމެ ގައުމަކުންވެސް މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ދެވޭނެ މީހުންގެ އަދަދުތައް، ސައުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ކަނޑައަޅާ މިހާރު ވަނީ އާއްމުކޮށްފައެވެ. މިއަހަރުގެ ގައުމުތަކަށް ހުއްދަ ދެނީ ކުރިން އަހަރުތަކުގައި އެގައުމުތަކަށް ހުއްދަ ދޭ މިންވަރުގެ 45.3 އިންސައްތ މީހުން ގެންދިއުމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެންމެ ގިނަ ހުއްދަ ދީފައިވާ ކަން ސައުދީން ހާމަކޮށްފައި ވަނީ އިންޑޮނިޝިއާ އަށެވެ. އެގޮތުން އެގައުމަށް އެކަނިވެސް 150،000 ހައްޖުވެރިން ދިއުމަށް ފުރުސަތުދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ޕާކިސްތާނުން ޖުމްލަ 81،132 ޙައްޖުވެރިން ދާނެއެވެ. އެންމެ މަދުން ޙައްޖުވެރިން ދާނީ އެންގޯލިއާއިންނެވެ. އެ ގައުމުން ޙައްޖަށް ދެވެނީ އެންމެ 23 މީހުންނަށެވެ.

ހައްޖު މޫސުމުގައި މިސްރުން މިއަހަރު ދާނީ 35،375 މީހުންނެވެ. ކޮވިޑް19 ގެ ކުރިން 2.5 މިލިއަން މީހުން ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަށް ދެއެވެ. ނަމަވެސް މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދީފައިވަނީ އެންމެ 1 މިލިއަން މީހުނަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ