ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،351އަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.
7.8ގެ ބާރުމިނުގައި ތުރުކީގެ އިރުއުތުރުން ސީރިޔާގެ ބޯޑަރު ކައިރިއަށް މި ބިންހެލުން އައިސްފައިވަނީ މިއަދު ފަތިހު 4:17 ހާއިރުގަ އެވެ.
މި ބާރުގަދަ ބިންހެލުމުގެ އަސަރު ތުރުކީގެ ވެރިރަށް އަންކާރާ އާއި އެހެން ސިޓީތަކުގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ކުރި އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ބިންހެލުމާ އެކު ވަރަށް ގިނަ އިމާރާތްތައް ވެއްޓި އެތައް ބަޔަކު އެ ތަންތަނުގެ ދަށުގައި ތާށިވެފައި އެބަތިއްބެވެ.
ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މި ބިންހެލުމުގެ އަސަރު ތުރުކީގެ 10 އަވަށަކަށް ކޮށްފައިވާއިރު، ސީރިޔާގެ 4 އަވަށަކަށް ވެސް ވަނީ މީގެ އަސަރު ކޮށްފަ އެވެ.
މި ބިންހެލުމުގައި ތުރުކީއިން މިހާތަނަށް 1،541 މީހުން ވަނީ މަރުވެފަ އެވެ. އަދި ސީރިޔާއިން 810 މީހުން ވަނީ މަރުވެފަ އެވެ.
މިއީ 1999 ވަނަ އަހަރުގެ ފަހުން ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.



