Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިސްރާއީލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިއަކު ޝަހީދުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށަކަށް އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާއެއްގައި ޒަހަމްވި ފަލަސްތީނުގެ ގައުމީ ޒުވާން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު، ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ޝަހީދުވެއްޖެ ކަމަށް އޮފިޝަލުންނާއި އާއިލާއިން ބުނެފިއެވެ.

އުމުރުން 17 އަހަރުގެ ފާދީ ހަމްދުﷲ އަލް-ނައްސާން ޝަހީދުވީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު އޭނާގެ އަވަށަށް ދިން ހަމަލާއެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުއެވެ. ފާދީއަކީ އަލް-މުޣައްޔިރު ކްލަބަށް ކުޅުމުގެ އިތުރުން ފަލަސްތީނުގެ ގައުމީ ޒުވާން ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ.

ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ހާމަކުރި ގޮތުގައި، އިސްރާއީލުގެ ވަޒަންވެރިން އަވަށަށް ހަމަލާދެމުން ދިޔަ ވަގުތު އިސްރާއީލު ސިފައިން ވަނީ ފާދީގެ ފަލަމަސްގަނޑަށް ބަޑިޖަހާފައެވެ. މި ހަމަލާއާ ގުޅިގެން އޭނާގެ ފައި ބުރިކޮށްލަން ޖެހުނު އިރު، އޭނާ ނިޔާވީ އެ ޒަހަމްތަކުގެ ސަބަބުންނެވެ. ފާދީގެ ބައްޕަ ބުނި ގޮތުގައި އޭނާ އެ ސަރަހައްދަށް ދިޔައީ ހަމަލާގެ ތެރޭގައި އަންހެނުންނާއި އަންހެން ކުދިން ހަޅޭއްލަވާ އަޑު އިވިގެން އެހީތެރިވުމަށެވެ.

ޕީއެފްއޭ އިން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާދީ ވަކިވެދިޔުމާއެކު، 2023 އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ކުޅިވަރު އާއިލާއިން ޝަހީދުވި މީހުންގެ އަދަދު 1,013 އަށް ވަނީ އަރާފަވާކަމަށެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ފުޓްބޯޅަ އާއިލާއަށް ނިސްބަތްވާ 568 މީހުން ހިމެނެއެވެ.

ފާދީގެ މަރުގެ ސަބަބުން، 1967 އިން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ވަނީ ބައިނަލްއަގުވާމީ ސަމާލުކަން އަނެއްކާވެސް ލިބިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އދ. އިން ވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަނީ ނަސްލީ ތަފާތުކުރުމުގެ (އެޕާތައިޑް) ނިޒާމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފާދީގެ ޖަނާޒާ ބާއްވާފައިވަނީ އޭނާގެ އުފަން އަވަށުގައެވެ. ރާމަﷲ ގައި ހުންނަ ފަލަސްތީން މެޑިކަލް ކޮމްޕްލެކްސް އިން އޭނާގެ ހަށިގަނޑު އަވަށަށް ގެންދިޔަ އިރު، ކަޅު ހެދުމުގައި ތިބި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ