އާއިލާއަށް ފިލައިގެން ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގޯއާގެ ބީޗަށް ދިޔަ ދެ ލޯބިވެރިން ގެނބިގެން މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ވެލެންޓައިންސް ޑޭ ފާހަގަ ކުރުމަށް ގޯއާއަށް ދިޔަ ދެމަފިރިން ގެނބިގެން މަރުވީ އަރަބި ކަނޑުގެ ގޮނޑުދޮށާއި ކައިރިންނެވެ.
މަރުވެފައިވަނީ އުއްތަރަ ޕްރަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުޕްރިޔާ ދުބޭ (26އ) އާއި ވިބޫ ޝަރްމާ (27އ) އެވެ.
ސުޕްރިޔާ ގެނބެން ފެށުމުން ވިބޫ އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބުނީ ކަމަށާއި ދެމަފިރިންވެސް ތިބީ ރާ ބޮއެގެން މަސްތުގެ ހާލަތުގައި ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިދެމީހުން މޫދަށް އެރުނީ އެރޭގެ ރޭގަނޑުގެ ކެއުމަށްފަހުއެވެ. ދެމީހުން ވަޒީފާ އަދާ ކުރަނީ ދެ އަވަށެއްގައި ކަމުން މި ދެމީހުން އެކުގައި ގޯއާ އަށް ދިޔަކަން އާއިލާއަށް ސިއްރުކުރަން ބޭނުންވީ ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ. އެގޮތުން ވިބޫ މަސައްކަތް ކުރަނީ މުމްބާއީގެ އަމިއްލަ ފާރމެއްގައެވެ. އަދި ސުޕްރިޔާ މަސައްކަތްކުރަނީ ބެންގަލޫގައެވެ.



