ލިބުނު ބޮޑު ކަރަންޓް ބިލާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ނިމިގެންދިޔަ މަހު އާދަޔާ ހިލާފަށް ހޫނުގަދަވެ ކަރަންޓް ބިލުތައް ބޮޑުވާނެ ކަމަށް ސްޓެލްކޯއިން އައީ ބުނަމުންނެވެ. ނަމަވެސް އާއްމުން ސުވާލު ކުރަމުން އަންނަނީ ވިއްސާރަވެހޭ ފިނި ދުވަސްވަރު ބިލުތައް ކުޑަ ނުވަނީ ކީއްވެތޯ ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު ޝިޔާމު ވިދާޅުވީ، ގުރައިދޫ ދާއިރާގެ އިންތިޚާބަށް ސްޓެލްކޯގެ ފައިސާއާ މުދަލާ ވަސީލަތުގެ އިތުރުން އިންތިޚާބާ ދިމާކޮށް 80 އަށްވުރެގިނަ ސިޔާސީ ވަޒީފާ އޮނިގަނޑުން ބޭރުން ދިނުމުގެ ބުރަ އުފުލަން މިޖެހުނީ އާއްމުރައްޔިތުންނަށް ކަމަށެވެ.
އަދި މިސަރުކާރަށް ރައްޔިތުން ޖީބު ނޫންތަނެއް ދަރަނި ފިލުވަން ނުފެންނަނީތޯ ޝިޔާމު ސުވާލުކުރައްވާފައިވެއެވެ.
ސްޓެލްކޯގެ އެމްޑީ ޝަރީފު އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ނިމުނު މަހުގެ ބިލުތަކުން ކޮންމެ ގެއަކުންވެސް 500 އެއްހާ ރުފިޔާ ބޮޑުވާނެ ކަމަށެވެ.
މަމެންގޭ ކަރަންޓް ބިލް ބޮޑުވިކަމަކަށް ނުބެލޭ އެއީ ރަމަޟާން ނޫން މަހު މަމެން ތިންގަނޑިއެއްހާއިރު ޖައްސާ އޭސީއެއް މިރަމަޟާން މަހު ގާތް ގާތްގަޑަކަށް ހަގަޑިއެއްހާ އިރު ޖެއްސޭ ބިލުގައި ހިމެނޭ ރަމަޟާން މަހުގެ 21ދުވަސް ބޮޑުވީ 500އެއްހައި ރުފިޔާ އެހެންވީމަ ބޮޑެއްނޫނޭ ބުނެވޭނީ