ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 10:00 އަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީއިން ކުރި ޓްވީޓެއްގައި ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 10:00 އަށް ވަނީ އިތުރުކޮށްފައި ކަމަށެވެ. އީސީން މި ގޮތަށް ނިންމީ ވީހާވެސް ގިނަ ބަޔަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިންތިހާބަށް މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމު މެދުވެރިކޮށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފައެވެ.
ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމް، އިލެކްޝަންސް ކޮމިޝަނަށް ނޫނީ ފޯކަލް ޕޮއިންޓަކަށް ހުށަހަޅައިގެންނެވެ.



