ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިބްރާހިމް މުހައްމަދު ސާލިހުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ހެނދުނު އީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ފޯމު ހަވާލުކޮށްދެއްވީ އެމަނިކުފާނުގެ އިންތިހާބީ އެޖެންޓު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ. އަދި އީސީގެ ފަރާތުން އެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދް ތައުފީގެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
އެމްޑީޕީގެ ޓިކެޓު ރައީސް ސޯލިހް ކަށަވަރު ކުރެއްވީ އެ ޕާޓީން ބައިވެރިވި ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.



