މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ފަރާތުން ފޯމު އިލެކްޝަންސްއާ ހަވާލު ކުރެއްވީ ނާޒިމެވެ. ނާޒިމްގެ ފޯމާއި އިލެކްޝަންސް އިން ހަވާލުވެޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
ނާޒިމްގެ ރަނިން މޭޓަކީ އައްޑޫ ސިޓީ ބޭފުޅެއް ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރުއެވެ. ނާޒިމްގެ ކެމްޕޭންގެ ސްލޯގަން އަކީ “އުޖާލާ ޒަމާން”މިއެވެ.



