މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ފޯމު ހުށަހަޅުއްވައިފިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވީ މިއަދު މެންދުރު ދެއެއް ޖެހިއިރުއެވެ.
ނަމަވެސް މިވަގުތާއި ހަމައަށް ކެންޑެސީ ގަބޫލުކޮށް އިލެކްޝަނުން އެކަން އަންގާފައިވަނީ 5 ކެންޑިޑޭޓަކަށެވެ.
މިހާތަނަށް އިލެކްޝަނުން ކެންޑިޑެސީ ގަބޫލުކޮށްފައިވާ ކެންޑިޑޭޓުންނަކީ:
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، ޑރ. މުހައްމަދު މުއިއްޒު
ޖުމުހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބަލް ގާސިމް އިބްރާހީމް
ދަ ޑިމޮކްރެޓްސް ގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އޮނަރަބަލް އިލްޔާސް ލަބީބު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އިބްރާހީމް މުޙައްމަދު ޞާލިހް
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް
މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނުވެސް ވަނީ ފޯމު ހުށަހަޅުއްވާފައެވެ. ފާރިސް ފޯމު ހުށަހެޅުއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އަދި ކުރީގެ ހޯމު މިނިސްޓަރ އުމުރު ނަސީރުވެސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވާފައެވެ.



