ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
އަދި ކަރަންޓް ކެނޑެން ދިމާވި މައްސަލަ ދެނަގެނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
ފޭސް ދެއެއްގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގައި ތިރީސް ހާހެއްހާ ރައްޔިތުން ދިރިއުޅެއެވެ. އަދި ކޮންމެ ޓަވަރެއްގައި 24 ފްލޯ އިންނަ އިރު ކަރަންޓް ކެނޑި ލިފްޓްގެ ހިދުމަތް މެދު ކެނޑުމަކީ މަތީ ފްލޯތަކުގައި އުޅޭ ފަރާތްތަކަށް އަރާއި ފޭބުމަށް ނުހުނު ދަތިވާނެ ކަމެއްކަން ފާހަގަ ކުރެވެއެވެ.



