ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ހ.ވެޔޮވިލާގައި ހެދި ޕީއެންސީގެ ހަރުގޭގައި މިރޭ އޮންނަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެކަމަށް ޕީއެންސީއިން ވަނީ ވިދާޅުވެފައެވެ.
ޕީއެންސީއިން ވިދާޅުވީ، މިރޭ ބާއްވާ ހަރުގެ ޖަލްސާ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕީއެންސީ އިން ވަނީ މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
މިއީ ޕީއެންސީ ހަރުގެ ހުޅުވިފަހުން ބާއްވާ ދެވަނަ ޖަލްސާއެވެ.



