ރައީސް ޑރ. މުއިއްޒަކީ އިހުލާސްތެރި ވެރިއެއް ކަމަށާއި، ރައްޔިތުން ހިތްހަމަޖެހޭ ފަދަ އިގްތިސާދެއް ގެނެސްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަން ގެނެސްދެއްވެނީ އެމަނިކުފާނު ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުހައްމަދު އިސްމާއިލު ވަނީ ރައީސްގެ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި އެހެން ސިޔާސީ ލީޑަރުންނާއިއެކު ވެސް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ރައީސް ޑރ. މުއިއްޒު ފަދަ ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު ފެނިވަޑައިނުގަންނަވާ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުހާ ގައުމު ދެކެ ލޯބިވާ ހިތް ސާފު ރައީސަކު ފެނިވައިނުގަންނަވާ ކަމަށާއި ގައުމަށް ފާގަތިކަން ގެންދެއްވާނީ އެމަނިކުފާނު ކަމަށެވެ.
މި ގައުމުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި 2028 ވެސް ރައީސް ޑރ. މުއިއްޒަށް ހޯދައިދެއްވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރުމަށް މުހައްމަދު އިސްމާއިލް ވަނީ ގޮވާލައްވާފައެވެ.



