Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން އަންގައިފިއެވެ. މިކަން އަންގާފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލާއެއްގައެވެ.

ޕީސީބީގެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަ މަގަށް އެޅުވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެކެވެ. މިގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކުރާ ދަތުރުތައް މަދުކުރުމާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ހުއްޓާލުން ހިމެނެއެވެ.

އަދި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ބައިނަލްއަޤްވާމީ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައިވެސް ހަ ގަޑިއިރަށްވުރެ ކުރު ދަތުރުތަކުގައި ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށް އަންގާފައިވެއެވެ.

މީގެއިތުރުން، ކުންފުނިތަކުގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން ނުނެގުމަށާއި، ޕީސީބީގެ ހުއްދައާ ނުލައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށްވެސް އަންގާފައިވެއެވެ.

އަދި ރަސްމީގަޑީގައި މަސައްކަތްތައް ނިންމޭނެ ގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ރާވައި، އިތުރުގަޑީގެ މަސައްކަތް ވީހާވެސް މަދުކުރުމަށާއި، ޑޮލަރުން އާމްދަނީ ލިބޭ ދައުލަތުގެ ވިޔަފާރި ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުމަށްވެސް ޕީސީބީން އަންގާފައިވެއެވެ.

މީގެ އިތުރުން ވެސް ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ، ވީ އެންމެ ފުޅާކޮށް އެކަންކޮށް ކުންފުނީގެ ކަރަންޓު ޚަރަދު ކުޑަކުރަން ވަނީ ބުނެފައެވެ. އަދި، ކަރުދާހާއި ސްޓޭޝަނަރީއަށް ކުރާ ޚަރަދުކުޑަކޮށް، މުއާމަލާތްތައް ޑިޖިޓަލްކޮށް، އިވެންޓުތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމުގެ އިތުރުން އިވެންޓުތަކުގެ ރިޕްރެޝްމަންޓްތަކަށް ކުރާ ޚަރަދު ވީހާވެސް ކުޑަކުރަން ބުނެފައިވެއެވެ.

މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ހަމަ މަގަށް އެޅުއްވުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ