ކުރިން ޤާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫން ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝައްމާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްޞަ އިރުޝާދުފުޅުގެ ދަށުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
“ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ ކޮންވީނިއަންސަކަށް ނޫން. އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަ ނުޖެހޭ ބަޔަކު އުޅެދާނެ,” ޝައްމާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ބިދޭސީންނަށް މަނާ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް އެތައް ބަޔަކު ވަނީ އަތުލައިގެންފައެވެ.
ޝައްމާން އިތުރަށް ވިދާޅުވީ، އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
“އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރާނެ ކަމުގެ ޔަގީންކަން އަރުވަން,” ޝައްމާން ވިދާޅުވިއެވެ.




Saabahey thiya gothugai hifahattaalaa fahun eyge fonimeerukan enmmenah kuraane migaum rangalhu kuranjehey
ކޮއްމެބޭފިޅަކުވިދާޅުވިޔަސްތެދެއްވާނީތެދަކަށް