Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޗިލީގައި މޫދަށް އެރި އުޅުނު މީހެއް، ބޮޑުމަހެއް ދިރުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ޗިލީގެ ޕަޓަގޯނިއާގެ ކައިރީގައި އޮތް ކަޔަކަރެއް ހަމްޕްބެކް ވޭލް (ބޮޑުމަހެއް) ކުޑަވަގުތުކޮޅަކަށް ދިރުވާލުމަށްފަހު ދޫކޮށްލައިފިއެވެ.

ވީޑިއޯގައި ފެންނަ އާދަޔާ ހިލާފު އަދި ހިތް ހުއްޓުވާފަދަ ކުރިމަތިލުމެއްގައި އޭނާއަށް އެއްވެސް ގެއްލުމެއް ނުލިބި ދޫކޮށްލުމުން، ވަރަށް އަވަހަށް ސޯޝަލް މީޑިޔާގައި ވައިރަލްވެގެން ދިޔައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެޑްރިއަން ސިމަންކަސް އޭނާގެ ބައްޕަ ޑެލްއާ އެކު ސެން އިސިޑްރޯ ލައިޓްހައުސް ކައިރީގައި ކަޔަކް ކުރަމުން ދަނިކޮށެވެ. އެގޮތުން އެއްވެސް އިންޒާރަކާ ނުލައި ބޮޑު މަހެއް ފެންމަތިވެ، އެޑްރިއަން އާއި އޭނާގެ ރީނދޫ ކުލައިގެ ކަޔަކް ދެތިން ސިކުންތުވަންދެން ދިރުވާލުމަށްފަހު ދޫކޮށްލިއެވެ.

ނަމަވެސް އެންމެ މީޓަރެއް ދުރުގައި ހުރި ޑެލް އޭނާގެ ދަރިފުޅަށް ޔަގީންކަން ދެމުން ވަގުތު ވީޑިއޯކުރި އެވެ. “ހިމޭނުން ހުރޭ، ހިމޭނުން ހުރޭ” ބޮޑުމަހުގެ އަނގައިން އެޑްރިއަން މިނިވަންވުމަށްފަހު އޭނާ ބުނާ އަޑު ވީޑިއޯއިން އިވެއެވެ.

“އަހަރެން ހީކުރީ އަހަރެން މަރުވެއްޖެކަމަށް،” އެޑްރިއަން ބުންޏެވެ. “އަހަރެން ހީކުރީ އޭތި އަހަރެން ކާލީ ކަމަށް”. އެޑްރިއަން އިތުރަށް ބުންޏެވެ.

އެ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާއަށް އިހުސާސް ކުރެވުނު ވަރުގަދަ ބިރުވެރިކަން އޭނާ ކިޔައިދިން ނަމަވެސް ހަގީގީ ބިރުވެރިކަން އުފެދުނީ އަލުން އޭތި ފާޅުވުމަށް ފަހު ކަމަށް އޭނާ ބުންޏެވެ. އެޑްރިއަން ބިރުގަތީ ބޮޑުމަސް އޭނާގެ ބައްޕައަށް ގެއްލުމެއް ދީފާނެތީ ނުވަތަ ކަނޑުއޮޅިގެ ފިނި، ފިނި ފެނުގެ ތެރޭގައި އޭނާ މަރުވެދާނެތީއެވެ.

އެ ނުރައްކަލާއެކުވެސް ޑެލްގެ އަމިއްލަ ކަންބޮޑުވުމެއް ފެންމަތިވި ނަމަވެސް އޭނާގެ ސަމާލުކަން ހުރީ އޭނާގެ ދަރިފުޅުގެ މަންޒަރުތައް ނަގައި ހިތްހަމަޖައްސާލުމަށެވެ. “އޭތި އައިސް ފްލޯޓް ކުރަން ފެށުމުން އަހަރެން ބިރުގަތީ ބައްޕައަށް ވެސް ކަމެއް ވެދާނެތީ، ވަގުތުން ގޮނޑުދޮށަށް ނާދެވިދާނެތީ، ނޫނީ ހައިޕޯތަރްމިއާ ޖެހިދާނެތީ،” އެޑްރިއަން ބުންޏެވެ.

ފެނުގެ ތެރޭގައި ކުޑަ ހިނދުކޮޅަކަށް ފަހު އެޑްރިއަން އެނބުރި އޭނާގެ ބައްޕަގެ ކަޔާކް ކައިރިއަށް ފަތައިގަތުމާއެކު ދެމީހުން އަވަސް އަވަހަށް އެނބުރި ގޮނޑުދޮށަށް އައެވެ. މި ބިރުވެރި ކުރިމަތިލުމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ވައިރަލްވެފައިވާ މި ވީޑިއޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލުންތެރިން ހައިރާންވެފައިވާއިރު، މި މަރާއި ކައިރި ހާދިސާ އާއި އިންސާނާ އާއި ބޮޑުމަހާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހައިރާންވެފަ އެވެ. މިފަދަ ހާދިސާތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހާދިސާތަކަކަށް ވީ ނަމަވެސް، ކަނޑުގެ މާހިރުން ލަފާކުރާ ގޮތުގައި ބޮޑުމަހަށް އެޑްރިއަން ދިރުވާލެވުނީ ޝިކާރައެއް ކަމަށް ހީވެ އޮޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ