Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ބޮލީވުޑްގެ 500 ކްރޯޑްގެ ބޮކްސް އޮފީސް ނަންބަރުތަކުގެ ޙަޤީޤަތް އަރުޖުން ކަޕޫރު ހާމަކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަރުޖުން ކަޕޫރަކީ ފިލްމު އިންޑަސްޓްރީގެ މައްސަލަތަކާއި ފިލްމުތަކުގެ ފަންނާ ބެހޭގޮތުން ވަރަށް ސާފުކޮށް ވާހަކަ ދައްކާ އެކްޓަރެކެވެ. މިދިޔަ ދުވަސްތަކުގައި ބޭއްވި ކޮންކްލޭވްއެއްގައި ވާހަކަ ދައްކަމުން އަރުޖުން ވަނީ ބޮލީވުޑްގެ ބޮކްސް އޮފީސް ނަންބަރުތަކުގެ ޙަޤީޤަތް ހާމަކޮށްފއެވެ. ސޯޝަލް މީޑިއާގައި 100 ކްރޯޑާއި 500 ކްރޯޑްގެ ބޮކްސް އޮފީސްގެ ނަންބަރުތައް ދައުރުވަމުންދާއިރު، އެ ނަންބަރުތަކުގެ ފަހަތުގައިވާ އަސްލު ވިޔަފާރި އޭނާ ވަނީ ތަފްސީލުކޮށްދީފައެވެ.

އަރުޖުން ކަޕޫރު ބުނެފައިވާގޮތުގައި ފިލްމު ހެދުމަކީ އެއްވެސް ފައިދާހުރި ކަމެއް ނޫނެވެ. އަދި އެއީ ޖުވާކުޅުން ފަދަ ކަމެއްކަމަށް އޭނާ ސިފަކޮށްފައިވެއެވެ.

“ފުރަތަމަ ކަމަކަށް ފިލްމު އިންޑަސްޓްރީއަށް އެކްސެލް ޝީޓެއްގެ ގޮތުގައި ނުބަލާ. ކަމެއް ކުރަން ބޭނުންނަމަ، ތިމާގެ ތަޢުލީމުގެ ބޮޑުބައި އެއްފަރާތް ކުރަން ޖެހޭ” އަރުޖުން ބުނެފައިވެއެވެ.

އަރުޖުން ފާހަގަކުރި ގޮތުގައި ފިލްމެއް ހެދުމަށް އެމްބީއޭ ޑިގްރީއަކަށް ބަރޯސާވެގެން ނުވާނެއެވެ.

“އެ ހަލަބޮލިކަމުގެ ތެރެއިން ބައެއް އޮނިގަނޑުތަކާއި ނަންބަރުތައް ފެންނަން ފަށާ. ފިލްމެއް ހެދުމަށް އެމްބީއޭ ޑިގްރީއަކަށް ބަރޯސާވެގެން ނުވާނެ. އެމްބީއޭ ބޭނުން ކުރެވިދާނެނީ ފިލްމު ހެދުމުގެ ޕްރޮސެސްގަ. ނަމަވެސް ފިލްމު ހެދުމުގެ ނިންމުން އަންނަން ޖެހޭނީ ތިބާގެ ކިބައިން، ބެލުންތެރިއެއްގެ ގޮތުގައި، އަދި ޑައިރެކްޓަރުންނާއި ލިޔުންތެރިންނާއި އެކްޓަރުންނަށް އެ ވިޝަން އޮންނަ ސަބަބަކީ އެއީ.” އޭނާ ބުނެފައިވެއެވެ.

އަރުޖުން އިތުރަށް ބުނިގޮތުގައި ފިލްމެއްގެ އަސްލު އާމްދަނީ އަންނަނީ ތިއޭޓަރަލް ރިވެނިއު (ސިނަމާތަކުން ލިބޭ އާމްދަނީ) އިން ކަމަށާއި، އެއީ ފިލްމުގެ ބަޖެޓް ނިންމާ ކަމެއް ކަމަށެވެ. ކުރިން ސެޓެލައިޓް އަކީ ތިއޭޓަރަލް އަށް ފަހު އެންމެ ބޮޑު އާމްދަނީ ލިބޭ މަގު ނަމަވެސް، މިހާރު އެޑްވާޓައިޒްމަންޓްތައް ސޯޝަލް މީޑިއާ އާއި ޔޫޓިއުބަށް ބަދަލުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއުޒިކާއި ޑިޖިޓަލް ޕްލެޓްފޯމްތަކުން ވެސް އާމްދަނީ ލިބޭ ކަމަށް ވިދާޅުވިއެވެ.

ބޮކްސް އޮފީސް ނަންބަރުތަކުގެ ޙަޤީޤަތް ހާމަކުރައްވަމުން އަރުޖުން، ތިއޭޓަރަލް އިން ފިލްމަކަށް 100 ކްރޯޑް ލިބުނު ކަމަށް އަޑު އިވޭއިރު، ޑިސްޓްރިބިއުޓަރުގެ ހިއްސާއަކަށް ވަނީ އެންމެ 50 ކްރޯޑު ކަމަށެވެ. ބާކީ ހިއްސާ ދަނީ އެގްޒިބިޝަން (ސިނަމާ ހިންގާ ފަރާތްތައް) އާއި ޓެކްސްގެ ގޮތުގައެވެ. ޑިސްޓްރިބިއުޓަރުން އާންމުކޮށް ފިލްމު ހަދާ ފަރާތަށް މިނިމަމް ގެރެންޓީ (އެމްޖީ) އެއްގެ ގޮތުގައި އެ ފައިސާ ކުރިއާލާ ދައްކައެވެ. އެއީ ފިލްމު ހެދުމަށް ފައިސާގެ ދައުރުވުން ހަމަޖެއްސުމަށެވެ.

“އެންމެ ފަހުން، ތިއޭޓަރަލް އިން 500 ކްރޯޑް ލިބުނު ކަމަށް ވިޔަސް، އަސްލުގައި ލިބެނީ އެންމެ 150 އާއި 200 ކްރޯޑް ދެމެދުގެ އަދަދެއް. ބޭރުގެ މާކެޓްތަކުން ވެސް އާމްދަނީ ލިބިދާނެ، ނަމަވެސް އެތަންތަނުގެ އާމްދަނީ ބަހާލާ އުޞޫލު ތަފާތު. އެއީ މޮޑެލަށް ބަލާފައި 45-55 އިންސައްތަ ނުވަތަ 40-60 އިންސައްތައިގެ ނިސްބަތެއްގައި ކަމުގައިވެސް ވެދާނެ،” އަރުޖުން ބުންޏެވެ.

އަރުޖުން ކަޕޫރު އެންމެ އަވަހަށް ފެނިގެންދާނީ އަނީސް ބާޒްމީގެ ފިލްމު ނޯ އެންޓްރީ މެއިން އެންޓްރީ އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި މޭރޭ ހަސްބަންޑް ކީ ބީވީ އިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ