ރަމަޟާން މަހުގެ މަތިވެރިކަމާއި އެ މަހުން ފައިދާ ހާސިލުކުރުމަށާއި، ރަމަޟާން މަހުގެ ފައިދާ ނުލިބޭ މީހަކީ އެންމެ ބޮޑު އަބާއްޖަވެރިޔާކަމަށް މިއަދުގެ ޙުކުރު ޙުތުބާގައި ބުނެފިއެވެ.
“ރޯދަވެރިޔާ ޢަމަލުތައް ބަހައްޓަންވީ ގޮތް” މި މައުޟޫޢުގެ ދަށުން މިއަދު ގެނެސްދިން ޚުޠުބާގައި ވަނީ ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވައިލެއްވުނު މަސްކަމާއި އަދި އެ މަހުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާ މަހެއްކަން ފާހަގަކޮށްފައެވެ.
“އެންމެ ރެއެއްގެ އަޅުކަން އެ ރޭ ނުހިމެނޭ އެއް ހާސް މައްސަރަށް ވުރެ، ހެޔޮވެގެންވާ ރެއެއް، އެ މަހުގައި ވެއެވެ” ޙުތުބާގައި ބުނެފައިވެއެވެ.
ރޯދައިގެ މައިގަނޑު މަޤްޞަދަކީ ތަޤްވާވެރިވުން ކަމަށާއި، ތަޤްވާގެ މާނައިގައި ހެޔޮ ޢަމަލުކުރުމާއި އެންމެހައި ފާފަތަކުން ދުރުހެލިވުން ހިމެނޭ ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ. އަދި ރޯދައަކީ ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ކަމަށްވެސް ޙުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން، ރޯދަމަހު ވިޔަފާރިވެރިން އެ މީހުންގެ މުދަލުގެ އަގުތައް ކޮންޓްރޯލްކޮށް، އުޚްރަވީ ޙަޔާތުން ފައިދާއާއި ނަފާ ލިބިގަތުމަށް މަސައްކަތްކުރުމަށް ގޮވާލިއެވެ. އަދި ކެއިންބުއިމުގައި އިސްރާފުނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
“ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ޙާޞިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެ” ކަމަށް ބުނެ، ޙުތުބާގައި ވަނީ މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައިވެއެވެލާފައެވެ.



