ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިންޖިނިއަރިންގ ދާއިރާއިން ފުރުސަތު ހޯދައިދިނުމަށް މެރިޓް ބޭސްޑް ސްކޮލަރޝިޕް ސްކީމެއް ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ހުޅުވާލާފައިވަނީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ތިން ފުރުސަތެކެވެ. އެގޮތުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ފުރުސަތާއި، މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ދެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކޯސްތައް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޔޫކޭގައެވެ.
މި ސްކޮލަރޝިޕް ސްކީމާ ގުޅޭ އިތުރު މަޢުލޫމާތު ސްޓެލްކޯގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ފޯނުން ގުޅައިގެންނާއި އީމެއިލް ([email protected]) މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ސްޓެލްކޯއިން މިފަދަ ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލަމުން ގެންދަނީ ކުންފުނީގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، ޓެކްނިކަލް ދާއިރާތަކަށް ބޭނުންވާ ޤާބިލް މުވައްޒަފުން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.



