ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިދިޔަ މަހު ހުޅުވާލި ޔުނައިޓެޑް ކިންގްޑަމްގައި ކިޔެވުމަށް މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް ސްކީމާއި ގުޅޭގޮތުން މައުލޫމާތު ސެޝަނެއް ބާއްވަިއފިއެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު ސްޓެލްކޯއިން ވަނީ މި ސްކޮލަރޝިޕްގެ ދަށުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ އަދި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޖުމްލަ 3 ފުރުސަތު ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގަ އަދި މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން 2 ޖާގަ ވަނީ ކަނޑައަޅާފައެވެ. މި ސްކޮލަރޝިޕްތަކަކީ ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯސްތަކެކެވެ.
ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހު ދެ އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައި ވޯކް-އިން އިންފޮމޭޝަން ސެޝަނެއް އަދި މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން މީޓިންގ ލިންކު ހިއްސާ ކުރެވޭނެއެވެ. އަދި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ސްޓެލްކޯގެ ވެބްސައިޓް www.stelco.com.mv އިންނާއި، 3338236 ނުވަތަ 3338480 ނަންބަރުން ލިބޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.



