މާދަމާ ހެނދުނާއި ހަވީރު މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓް ޕަވަރހައުސްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، މާދަމާ ހެނދުނު 6:00 އާއި 7:00 އާ ދެމެދު މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިގެންދާނެއެވެ.
މީގެއިތުރުން، މާދަމާ ހަވީރު 4:00 އިން 4:30 އާ ދެމެދު މާފަންނު ސަރަހައްދުން ކަރަންޓު ކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މާފަންނު ސަރަހައްދުން ކަރަންޓު ކަނޑާލަން ޖެހެނީ އެ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ބޮކްސްގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ. އަދި މި މަސައްކަތްތަކަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.



