މިއީ ފަހަކަށް އައިސް ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލުވެފައިވާ ކަމެކެވެ. ބަތްދޮލަގެއް ހިފައިގެން އަތިރިމައްޗަށް ގޮސް، އެކުވެރިންނާއެކު މަޖާކޮށް ވަގުތު ހޭދަކުރުމަކީ މިހާރު ވަރަށް ގިނަ ބަޔަކު ކުރަމުންދާ ކަމެކެވެ. މި ޓްރެންޑް މިހާރު ސޯޝަލް މީޑިއާގައި ވެސް ވަނީ ވައިރަލް ވެފައެވެ.
ބަތްދޮލަގެއަށް އަޅާ ތަކެތި ކޮންމެ ބަޔަކު ވެސް ޚިޔާރުކުރަނީ އެ ބައެއްގެ ޓޭސްޓާއި އެއްގޮތަށެވެ. މި ދޮލަނގަށް އެޅުމަށް ގިނަ ބަޔަކު އިސްކަންދެނީ ޓޮމާޓޯ ބަހާއި ފިހުނު ކުކުޅު/މަސް އަދި ސޮސެޖަށެވެ. އަދި މީގެ އިތުރުން ކުޅުދިޔާވާ އެކި ކަހަލަ ކާނާވެސް އަޅައެވެ. އަނެއްބައި މީހުން ހެދިކާ ފަދަ ލުއި ކާނާވެސް އަޅައެވެ. މިއީ ކޮންމެ މީހަކު ވެސް އެމީހެއްގެ ޓޭސްޓާއި އެއްގޮތަށް ޚިޔާރުކުރާ ކަމެކެވެ.


ބަތްދޮލަގެއް ހިފައިގެން އަތިރިމައްޗަށް ދިއުމަކީ ހަމައެކަނި ކެއުމެއް ނޫނެވެ. މިއީ އެކުވެރިންނާއެކު މަޖާކޮށް، އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތެކެވެ. ގުދުރަތީ ރީތި މަންޒަރާއެކު، ތާޒާ ވައިގައި އެކުވެރިންނާއެކު ހޭދަކުރާ މި ވަގުތަކީ އެކުވެރިކަން އިތުރަށް ބަދަހިވެ، ހަނދާންތައް އާކުރެވޭ ފުރުޞަތެކެވެ.
މިފަދަ ޓްރެންޑްތަކަކީ ހަމައެކަނި ފޮޓޯ އަދި ވީޑިއޯއަށް ކުރެވޭ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް މީގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. ދިރިއުޅުމުގެ ބިޒީކަމުން ވަގުތުކޮޅަކަށް ނަމަވެސް ދުރަށްގޮސް، ހިތްހަމަޖެހުމާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު މިކަމުން ލިބެއެވެ. އަދި ގުދުރަތީ ވެށީގައި ހޭދަކުރެވޭ ވަގުތުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ފައިދާ ލިބެއެވެ.



