މިއަދުގެ ހުކުރު ޚުޠުބާގައި ނަމާދުގެ މުހިންމުކަމާއި އޭގެ މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ނަމާދަށް ފަރުވާތެރިވުމުގެ މުހިންމުކަން ފާހަގަކޮށްފިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބާވައިލެއްވުމަށްފަހު އެންމެ ފުރަތަމަ ފަރުޟު ކުރެއްވި އަޅުކަމަކީ ނަމާދެވެ. މިއީ ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް، އެއްވެސް ތަފާތުކުރުމެއްނެތި ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ.
ެ. (مَنْ حَافَظَ عَلَيْهَا، كَانَتْ لَهُ نُوْرًا، وَبُرْهَانًا، وَنَـجَاةً مِنَ النَّارِ يَوْمَ الْقِيَامَةِ، وَمَنْ لَـمْ يُـحَافِظْ عَلَيْهَا لَـمْ تَكُنْ لَهُ نُوْرًا، وَلَا نَـجَاةً، وَلَا بُرْهَانًا، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُوْنَ، وَفِرْعَوْنَ، وَهَامَانَ، وَأُبَيِّ بْنِ خَلَفٍ)[1] މާނައީ: “ނަމާދަށް ރައްކާތެރިވާ މީހާއަށް، ޤިޔާމަތްދުވަހުން އެ ނަމާދު ވާހުށީ ނޫރެއްކަމުގައެވެ. އަދި ބުރުހާނެއްކަމުގައެވެ. އަދި ނަރަކައިން ދިންނެވުމެއްކަމުގައެވެ. އަދި އެ ނަމާދަށް ރައްކާތެރިނުވާ މިހާއަށް އެ ނަމާދު ނޫރެއްކަމުގައްޔާއި، ދިންނެވުމެއް ކަމުގައްޔާއި އަދި ބުރުހާނެއްކަމުގައެއް ނުވާނެތެވެ. އަދި ޤިޔާމަތްދުވަހު އެމީހަކު ވާހުށީ، ޤާރޫނާއި ފިރުޢައުނާއި ހާމާނާއި އުބައްޔު ބުނު ޚަލަފާ އެކުގައެވެ.”
[1] أخرجه الدارمي (2763)، وأحمد (6576)، وقال مرزوق بن هياس الزهراني: “سنده حسن”.
ނަމާދުގެ މަތިވެރިކަން ބަޔާންކުރައްވަމުން، ޚުޠުބާގައި ވިދާޅުވި ގޮތުގައި ނަމާދަކީ ރަސޫލު ﷺ ގެ ލޯފުޅުގެ ފިނިކަން ކަމުގައިވީ ފަދައިން މުއުމިނުންގެވެސް ލޮލުގެ ފިނިކަމެވެ. އަދި ތަޤުވާވެރިންގެ މިޢުރާޖެވެ.
އަދި “ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވާފައިވާ އަޅުކަމެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނެ އަޅުކަމަކީވެސް ނަމާދެވެ” ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލެއްވީ މުސްލިމުންނަށް ގޮވާލައްވަމުން، ކޮންމެ ދުވަހަކު ފަސްފަހަރު މިސްކިތްތަކުން އިއްވޭ ބަންގީގެ ނިދާއަށް އިޖާބަދީ، ނަމާދަށް ފަރުވާތެރިވެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ފަލާޙާއި ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.