Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމާއި، އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް އިޒްރޭލަށް އައި.ސީ.ޖޭ.އިން އަމުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އިޒްރޭލުގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) އިން ބުނެފިއެވެ. ބުދަ ދުވަހު ނެރުނު 11 ފަނޑިޔާރުންގެ ޕެނަލްގެ ލަފާދޭ ނިންމުމުގައި ބުނެފައި ވަނީ އިޒްރޭލުން އެ ސަރަހައްދުނ ްގަދަބާރުން ހިފާފައިވުމުގެ ސަބަބުން، ބޮން އަޅަމުންދާ ޣައްޒާގައި އ.ދ. އާއި އެ ޖަމާއަތުގެ އިދާރާތަކުން ކުރިއަށް ގެންދާ އެހީގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ލާޒިމު ކަމެއް ކަމަށެވެ.

މީގެ ތެރޭގައި އިންސާާނީ އެހީ ފޯރުކޮށްދިނުމަށް އެހީތެރިވާ އ.ދ.ގެ އިދާރާ، ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ. ވެސް ހިމެނެއެވެ. އިޒްރޭލުން ވަނީ މި އިދާރާގެ ބައެއް މުވައްޒަފުން އޭރު ހަމާސް ޖަމާއަތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް، އެ އިދާރާ އިޒްރޭލުގައި މަސައްކަތްކުރުން މަނާކޮށްފައެވެ. ނަމަވެސް، އައި.ސީ.ޖޭ.ގެ ނިންމުމުން ފާހަގަކުރި ގޮތުގައި، ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ. އަކީ ހަމާސް ޖަމާއަތަށް ވެސް މަސައްކަތްކުރާ އިދާރާއެއް ކަމަށް އިޒްރޭލުން ކުރި ދައުވާ ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވެއެވެ.

އައި.ސީ.ޖޭ.ގެ ރައީސް ޔޫޖީ އިވާސާވާ ވިދާޅުވީ، ޔޫ.އެން.އާރު.ޑަބްލިޔޫ.އޭ.ގެ މުވައްޒަފުންގެ ތެރެއިން ބޮޑުބައެއް ހަމާސް ޖަމާއަތުގެ ނުވަތަ އެހެން ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރުން ކަމަށް އިޒްރޭލުން ކުރާ ދައުވާއަށް ކޯޓަށް އެކަށީގެންވާ ހެކި ލިބިފައެއް ނުވާކަމަށެވެ. ދުނިޔޭގެ ކޯޓުގެ ނަމުން ވެސް މަޝްހޫރު އައި.ސީ.ޖޭ.ގެ ލަފާދޭ ނިންމުންތަކަކީ ގާނޫނީ އަދި ސިޔާސީ ބަރުދަން ހިމެނޭ ނަމަވެސް، އެއީ އަމުރުގެ ގޮތުގައި ތަންފީޒުކުރުމުގެ ބާރު ލިބިފައިވާ ނިންމުންތަކެއް ނޫނެވެ.

އައި.ސީ.ޖޭ.ގެ މި ނިންމުން އައިސްފައި މިވަނީ، މިއަހަރުގެ އޭޕްރީލް މަހު، އ.ދ. އަދި ފަލަސްތީނުގެ ވަކީލުން މާރޗް އާއި މެއި މަހާ ދޭތެރޭ ޣައްޒާއަށް އެހީ ދިނުމަށް ހުރަސްއަޅައިގެން އިޒްރޭލުން ބައިނަލްއަޤްވާމީ ގާނޫނާ ޚިލާފުވެފައިވާ ކަމަށް ކޯޓުގައި ތުހުމަތުކޮށްފައި ވަނިކޮށެވެ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް އިންސާނީ އެހީ ބައެއް ވަދެފައިވި ނަމަވެސް، އ.ދ.ގެ އޮފިޝަލުން ބުނާ ގޮތުގައި އިންސާނީ ކާރިސާ އާއި އިޒްރޭލުގެ ސަބަބުން ޣައްޒާގެ ބައެއް ހިސާބުތަކަށް ކުރިމަތިވެފައިވާ ބަނޑުހައިހޫލުން ކުޑަކުރުމަށް ބޭނުންވާ މިންވަރަށް އަދިވެސް އެހީގެ ސާމާނު ލިބެމުން ނުދެއެވެ.

މި މަހުގެ ކުރީކޮޅު އެމެރިކާ މެދުވެރިވެގެން ވެވުނު 20 ނުކުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ވެސް ދުވާލަކު 600 ޓްރަކަށް އެހީގެ ސާމާނު ޣައްޒާއަށް ވައްދަން ހުއްދަ ދީފައިވެއެވެ. އިޒްރޭލަށް އ.ދ.ގެ ސަފީރު ޑެނީ ޑަނޮން ވަނީ އައި.ސީ.ޖޭ.ގެ ލަފާދޭ ނިންމުމަކީ “ލަދުވެތި” ނިންމުމެއް ކަމަށް ސިފަކޮށް، އ.ދ.ގެ މުއައްސަސާތަކަކީ “ޓެރަރިސްޓުން އުފައްދާ ތަންތަން” ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އިޒްރޭލުން މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކުގައި ބައިވެރިވެފައި ނުވި ނަމަވެސް، އެ ގައުމުގެ ގާނޫނީ ބަޔާން ލިޔުމުން ވަނީ ހުށަހަޅާފައެވެ. މި ނިންމުންތައް ބަލައިގަތުމަށް ކޯޓުން ދެކޮޅު ހެދުމުން، ރައީސް އިވާސާވާ ވިދާޅުވީ، ބައިނަލްއަޤްވާމީ ގާނޫނީ ކަންކަމަށް ނާޖާއިޒު ބޭނުން ކުރުމާއި، ގޯނާ ކުރުމުގެ ދަލީލު ކޯޓަކުން ބަލައި ނުގަންނާނެ ކަމަށެވެ.

އައި.ސީ.ޖޭ.ގެ ނިންމުން އައުމުގެ ކުރިން، އ.ދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔޫ.އެފް.ޕީ.) ގެ މެދުއިރުމަތީގެ ތަރުޖަމާނު އަބީރު އެޓެފާ ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމާއެކު އެ ޖަމާއަތުގެ 530 ޓްރަކް ޣައްޒާއަށް ވަދެފައިވާ ކަމަށެވެ. އެ ޓްރަކްތަކުން 6,700 ޓަނަށް ވުރެ ގިނަ ކާނާ ފޯރުކޮށްދީފައިވާއިރު، އެއީ ދެ ހަފްތާއަށް 5 ލައްކައެއްހާ މީހުންނަށް ފުދޭވަރު ކަމުގައި އޭނާ ވިދާޅުވިއެވެ. އަބީރު ވިދާޅުވީ، މިހާރު ދުވާލަކު ގާތްގަނޑަކަށް 750 ޓަނުގެ އެހީ ލިބެމުންދާ ކަމަށާއި، ނަމަވެސް މިއީ ޑަބްލިޔޫ.އެފް.ޕީ.ގެ އަމާޒު ކަމަށްވާ ދުވާލަކު 2,000 ޓަނުގެ އެހީ ފޯރުކޮށްދިނުމުގެ މިންވަރަށްވުރެ އެތައް ދަށް އަދަދެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ