ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗާއެއް ކަމަށްވާ، އޭ.އައި ބޮޓް “މިތުރު” ތަޢާރަފުކޮށްފިއެވެ.
އެޗްޑީސީން މި ފީޗާ ތައާރަފްކުރީ މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ަރސްމިއްޔާތުގެ ތެރެއިންނެވެ. މި އޭ.އައި އެ ބޮޓް މެދުވެރިކޮށް، ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެ އެވެ.
އެޗްޑީސީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ފްސްޓް ލޭޑީ ސާޖިޑާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތުގަިއ ވާހަކަފުޅުދައްކަވަމުން ފަސްޓް ލޭޑީ ވަނީ ޝާމިލު މުޖުތަމަޢެއް ބިނާކުރުން ފަދަ ކަންކަމުގައި ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާާޖިދާ ވަނީ އެޗްޑީސީގެ ވަޒީފާއާ ގުޅުނު، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދީފަ އެވެ.



