Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފެންބޮޑުވުމުގެ ސަބަބުން އިންޑޮނޭޝިއާ، ސްރީލަންކާ އަދި ތައިލެންޑުން 1,300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ ހަފްތާގައި އިންޑޮނޭޝިއާ، ސްރީލަންކާ އަދި ތައިލެންޑްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1,300 އަށްވުރެ މައްޗަށް އަރައިފިއެވެ. އަދި މި ހާދިސާތަކުގެ ސަބަބުން މިހާތަނަށް 800 އަށްވުރެ ގިނަ މީހުން ގެއްލިފައިވާއިރު، ސަލާމަތީ ޓީމުތަކުން ދަނީ ދިރިތިބި މީހުންނާ ހަމައަށް ވާސިލްވެ، އިތުރު ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ބޯކޮށް ވެހުނު މޫސުމީ ވާރޭގެ ސަބަބުން  މި ޤައުމުތަކުގެ ބޮޑެތި ސަރަހައްދުތައް ފެނުގެ އަދިއަށް ގޮސް، އެތައް ހާސް މީހުން ހާލުގަިއޖެހި ވަނީ ރައްކާތެރިކަން ހޯދުމަށް ފުރާޅުތަކާއި ގަސްތަކުގައި ތިބެން ވަނީ މަޖުބޫރުވެފައެވެ. މި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ޖުމްލަ 1,306 މީހުން މަރުވެފައިވާއިރު، އޭގެތެރެއިން 712 މީހުންނަކީ އިންޑޮނޭޝިއާގައި މަރުވި މީހުންނެވެ. އަދި 410 މީހުން ސްރީލަންކާގައި، 181 މީހުން ތައިލެންޑްގައި އަދި ތިން މީހުން މެލޭޝިއާގައި މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިއްސަނާޔަކަ ވިދާޅުވީ، އެ ގައުމުގައި މަރުވި މީހުންގެ އަދަދު ކަނޑައެޅުމަށް އަދި އަވަސް ކަމަށެވެ.

އެންމެ ބޮޑަށް އަސަރުކުރި ގައުމު ކަމަށްވާ އިންޑޮނޭޝިއާގައި، ސުމަތުރާ ރަށުކޮޅުގެ ބައެއް އަވަށްތަކަށް ސަލާމަތީ ޓީމުތަކަށް ވާސިލްވުމަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ. ސަބަބަކީ މި ކާރިސާގެ ސަބަބުން މަގުތައް ހަލާކުވެ، ބްރިޖުތައް ވެއްޓިފައިވާތީއެވެ. އެ ގައުމުގެ ގައުމީ ކާރިސާ މެނޭޖްމަންޓް އެޖެންސީން ބުނާ ގޮތުގައި، މަދުވެގެން 507 މީހުން އަދިވެސް ގެއްލިގެން ހޯދަމުން ދެއެވެ. އަދި ހެލިކޮޕްޓަރުތަކާއި ބޯޓުފަހަރު ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، އޮފިޝަލުން ވަނީ މޫސުން ގޯސްވުމާއި ހަލާކުވެފައިވާ އުމްރާނީ ވަސީލަތްތަކުގެ ސަބަބުން އޮޕަރޭޝަންތައް ލަސްވަމުންދާ ކަމަށް ބުނެފައެވެ.

އިންޑޮނޭޝިއަން އެންވަޔަރަންމަންޓަލް ފޯރަމްގެ އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ރިއަންޑާ ޕޫރުބާ ވިދާޅުވީ، މިއީ ހަމައެކަނި ގުދުރަތީ ކާރިސާއެއް ނޫންކަމަށާއި، މިއީ އިންސާނުން އުފެއްދި ކާރިސާއެއް ކަމަށެވެ. އެގޮތުން ގަސް ކެނޑުމާއި ކޮންޓްރޯލް ނުކުރެވޭ ތަރައްޤީގެ ސަބަބުން ބަޓަންގް ޓޯރުގެ ގުދުރަތީ ދިފާޢީ ބާރު ވަނީ ގެއްލިފައެވެ. އަވަސް މަރާމާތެއް ނުކޮށް އަދި ހަރުކަށި ރައްކާތެރިކަމެއް ނުދީފިނަމަ، މިފަދަ ފެންބޮޑުވުންތައް ވާނީ އާންމު ކަމަކަށެވެ.

ސްރީލަންކާގައި، ސައިކްލޯން ދިތްވާހްގެ ސަބަބުން ފެނުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި ގެއްލިގެން ހޯދަމުންދާ 336 މީހުން ހޯދުމަށް ސިފައިންގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަންގާރަ ދުވަހު ބުނީ، ބިންގަނޑު ކަނޑައިގެން ދިއުމާއި ބްރިޖުތައް ވެއްޓުމުގެ ސަބަބުން މަގުތައް ބަންދުވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ