Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރައީސް، ސައުދީގެ ވިޔަފާރިވެރިންގެ ވަފްދާ ބައްދަލުކުރައްވައި ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާ ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމުގެ މަޤްސަދުގައި ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވިޔަފާރިވެރިންގެ ވަފްދަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައި، ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަކީ، ރައީސް މުއިއްޒު މި އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވުނު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާގެ އިތުރުން، އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ވަފްދު މިއަދު ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއެކު ބާއްވާ އިތުރު ބައްދަލުވުމެއްގައި ވެސް ބައިވެރިވެ، ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން ފޯރަމެއް ބާއްވަން ވެސް ވަނީ ނިންމާފަ އެވެ.

ރައީސް މުއިއްޒު ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސައުދީ އަބަދުވެސް ދެމި އޮތްކަން ފާހަގަކުރައްވައި، ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް ނިންމުމަށް ދިން އެހީތެރިކަމާއި، އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް މަތީ ފެންވަރުގެ ވަފްދެއް ފޮނުއްވި ކަމަށްޓަކައި ވެސް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ. ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާއިރު، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ލޯނު އެހީ ދީފައިވެ އެވެ.

ސައުދީގެ އެމްބަސީން އިއްޔެ ބުނެފައިވާ ގޮތުގައި، މި ވަފްދުގެ ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކޮށް ކުރިއަށް ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ