Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ރާއްޖޭގެ 21 ރަށެއްގައި ޤާއިމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންޑީޕީން ހިންގި، ޞިއްޙީ ދާއިރާއިން އުފައްދާ ކުނި ރައްކާތެރިކަމާއެކު މެނޭޖްކުރުމުގެ ނިޒާމު ރާއްޖޭގެ 21 ރަށެއްގައި ޤާއިމުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު މިދިޔަ ބުދަދުވަހު ކ.ދިއްފުށީގައި ބާއްވާފައިވާއިރު، މި ނިޒާމަކީ އިންސާނުންނާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރެވުނު މުހިންމު ވަސީލަތެކެވެ. ޔޫއެންޑީޕީގެ ފަރާތުން މި ނިޒާމުތައް ދިވެހި ސަރުކާރާ ރަސްމީކޮށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ 2022 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރަށް ސައުތު ވެސްޓް އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ޔޫއެންޑީޕީން ހިންގާ 4.4 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢެއްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ 21 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ކުނި މެނޭޖްކުރާ ޚާއްސަ ފެސިލިޓީތައް ވަނީ ޤާއިމުކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިފަދަ އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާވެ، ވަށައިގެންވާ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ވަނީ ގިނަ އަދަދެއްގެ ވަސީލަތްތައް ފޯރުކޮށްދީފައެވެ. އޭގެތެރޭގައި ޞިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމަށް ޚާއްސަ އިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. ޞިއްޙީ ވުޒާރާއިން ވިދާޅުވާ ގޮތުގައި ކ.ދިއްފުއްޓާއެކު ޖުމްލަ 21 ރަށެއްގައި މިފަދަ ކުނި މެނޭޖްކުރާ ތަންތަން ވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން ކުނި އުފުލުމަށްޓަކައި 65 އިލެކްޓްރިކް ޓްރައިސައިކަލްވެސް ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޑިޖިޓަލް އަޕްގްރޭޑްތަކަށްވެސް ވަނީ އިސްކަންދީފައެވެ. އެގޮތުން ކުނި މެނޭޖްކުރާ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރ ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދީފައިވެއެވެ. އަދި އީސީޖީ މެޝިނާއި އޮޓޯކްލޭވް މެޝިންތައްވެސް އެކި ރަށްރަށަށް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭގޮތުން 656 ޞިއްޙީ މަސައްކަތްތެރިންނަށް ތަމްރީނުވެސް ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ