Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތް ދިނުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސުންނަށް ދެމުންދިޔަ އޮފީސް ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް ޢިނާޔަތްތައް ދިނުމަށްޓަކައި، “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނު” އަށް ގެނެވުނު އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން، 2025 ޑިސެންބަރު 1 ވީ އާދީއްތަ ދުވަހު ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ނައިބުގެ މަޤާމު އަދާކުރައްވާފައިވާ ފަރާތްތަކަށް ދެވޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ކަނޑައަޅައި، އެކަންކަން ދިނުމުގެ އުސޫލުތައް ބަޔާންކުރުމެވެ. ޤާނޫނަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސުންނަށް ދެމުންދިޔަ އޮފީސް ހިންގުމުގެ ޚަރަދު ދިނުން ވަނީ ހުއްޓާލާފައެވެ.

އަދި، ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިޚާބުވެ ނުވަތަ ދައުލަތުގެ އެހެން މަޤާމަކާ ހަވާލުވާނަމަ، އެ މަޤާމެއް އަދާކުރާ މުއްދަތުގައި އިނާޔަތް ލިބުން މެދުކެނޑޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެ މީހަކު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިޞްލާޙުގެ ދަށުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރިޔާސަތުގެ ފަސް އަހަރުގެ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ ފަރާތްތަކަށް ވެސް ރައްކާތެރިކަމާއި އިނާޔަތްތައް ލިބިގެންދާނެއެވެ. މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30,000 (ތިރީސް ހާސް) ރުފިޔާ ދިނުމާއި، ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަޤާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ، އެ ވަގުތުން ފެށިގެން އޭނާއަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ އެކު މި ޤާނޫނަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ