ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ މަހު ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ދަށުން 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި މަޝްރޫޢު މިފެށޭ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ މަޝްރޫއު ފަށަނީ އަންނަ މަހު ކަމަށް އެ ވުޒާރާއިން ވިޑާޅުވެފައިވެއެވެ. އަދި އެ މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުން ފެށިގެން އާންމުކުރާނެކަމަށްވެސް ވިދާޅުވިއެވެ.
އެންސްޕާގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ޚަރދުކޮށްފައިވެއެވެ.



