ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.
މި މާރުކޭޓު ތަރައްގީކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ. ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް އެޗްޑީސީން ވަނީ އަމާޒުހިފާފައެވެ. އަދި މާރުކޭޓުގެ މަސައްކަތް ނިމުމާއެކު ގޮޅި ލިބޭ ފަރާތްތައް ހޮވާނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ.
މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރެވޭ ވަގުތީ މާރުކޭޓެކެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބޭން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.



