ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވައިދޭ ބްރިޖު 2 އަދި 3 އާ ދޭތެރޭ އޮންނަ ސަރަހައްދު (ކުރެދިމާ ހިނގުން) އަކީ އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެންނަން ނިންމީ، އެ ސަރަހައްދުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން، މަގުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެގޮތުން، އެ މަގަކީ ހުޅަނގަށް ދަތުރުކުރެވޭ ގޮތަށް އޮންނަ އެއްކޮޅަށް ދުއްވާ (ވަން-ވޭ) މަގަކަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު އަދި ރައްކާތެރި ތަނަކަށް ހެދުމަށް، އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



