Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

2028 އިން 2030 އަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ވާދަކުރަން ރާއްޖެއިން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

2028 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރާނެކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ބައިވެރިވެވަޑައިގެން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ދެއްވި ތަގުރީރުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ވަޒީރުގެ ތަގުރީރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން ކަށަވަރުވެފައިވާ މީހެއްކަން ފާހަގަކުރައްވައި، އެ އުސޫލުތައް ނެގެހެއްޓުމަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން އަންހެން ވިޔަފާރިވެރިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަޒީރު ހިއްސާކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި މިފަދަ ކައުންސިލްތަކުގައި ކުދި ގައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި އިތުރުކުރުމަކީ ރާއްޖޭގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ މީގެ ކުރިންވެސް އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގައި މުހިންމު ދައުރުތަކެއް އަދާކޮށްފައިވާ ގައުމެކެވެ. އެގޮތުން 2011 އިން 2016 އަށް ވިދިވިދިގެން ދެ ދައުރު ފުރިހަމަކޮށްފައިވާއިރު، 2023 އިން 2025 އަށް މިހާރު ހިނގަމުންދާ ދައުރުގައިވެސް ރާއްޖެއަކީ އެ މަޖިލީހުގެ މެންބަރެކެވެ. މީގެ އިތުރުން 2013 އަދި 2023 ވަނަ އަހަރު ރާއްޖެއިން ވަނީ އެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުވެސް ފަހުރުވެރިކަމާއެކު ފުރާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ