ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އާއި ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް އަންގައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ، މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ ތިލަފުށީ ލިންކު މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ތިން ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަށް ނުވާތީ، އެ ކަނޑުއޮޅިތައް ބަންދުކޮށްފައިވާކަން މާޗު 3، 2024 ގައި އާންމުކޮށް އަންގާ އިއުލާން ކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
“މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،”. އެ އިއުލާންގައި ވެއެވެ.
ވިލިމާލެ-ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ބައެއް އުޅަނދުފަހަރު ދަތުރުކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާ އިން ދޭތެރެއަކުން ފެނެ އެވެ.



