ރަމަޟާންމަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެ މުއްދަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަސްޓަމަރ ކެއަރ ސެންޓަރުތަކުން ހިދުމަތް ދޭނެ ގަޑިތައް އެ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، 9 މާރޗް 2026 އިން ފެށިގެން 19 މާރޗް 2026 ގެ ނިޔަލަށް އެ ކޯޕަރޭޝަންގެ ކަސްޓަމަރ ކެއަރ ސެންޓަރުތައް ހުޅުވިފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
މި ވަގުތުތަކުގައި ހިދުމަތް ދެމުންދާނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ކަސްޓަމަރ ކެއަރ ސެންޓަރުތަކުންނެވެ. އެއީ ސެންޓްރޯ ގައި ހުންނަ ކަސްޓަމަރ ކެއަރ ސެންޓަރާއި ވިނަރެސް ސަރަހައްދުގައި ހުންނަ ކަސްޓަމަރ ކެއަރ ސެންޓަރެވެ.
ރަމަޟާންމަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އެޗްޑީސީން ވަނީ މިގޮތަށް ހަމަޖައްސާފައެވެ. އެހެންކަމުން، އެ ކޯޕަރޭޝަނުން ހޯދަންޖެހޭ ހިދުމަތްތައް ހޯއްދެވުމުގައި މި ގަޑިތަކަށް ސަމާލުކަން ދެއްވުމަށް އެޗްޑީސީން އެދެއެވެ.



