ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ރާއްޖޭގެ ވައި ސާފުވަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ވައިގެ ސާފުމިން ބަލާ “އައިކިއު އެއާ” އިން ދައްކާ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ ވަރަކަށެވެ.
އެގޮތުން ރާއްޖޭގެ އިތުރުގެ ވައިގެ ސާފުކަން ހުރީ 60 ގައެވެ. އަދި މާލެ ސަރަހައްދުގައި ވައިގެ ސާފުކަން 55 ގައި ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 33 ގައެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު ވެސް ރާއްޖޭގެ ވައިގެ ސާފުކަން އިތުރަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.
މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުވެފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބޭރަށް ނިކުންނައިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.



