Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޖޭއެސްސީއާއި މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލްކުރަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް އޮތީ ފަހު މަރުހަލާގައި: އުޝާމް

ad image

ގުޅުންހުރި ލިޔުންތައް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލަ ހައްލުކުރުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިކަން ހާމަކުރެއްވީ، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު ސާފުކޮށްދިނުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލުތަކަކަށް ރައްދު ދެއްވަމުންނެވެ. ސުއޫދު ވަނީ ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމާއި، މެންބަރުންގެ އަދަދު އިންތިހާއަށް އިތުރުވުމާއި، މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ފަދަ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާ މައިގަނޑު ތިން އިސްލާހު

އުޝާމް ވިދާޅުވި ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ތިން މައިގަނޑު އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އެއީ:

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން
  • ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން
  • މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުން

މީގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމުގެ އިސްލާހު މިހާރު ކުރިއަށް ގެންދަނީ، އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަކަށް ވާތީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. ނަމަވެސް، ޖޭއެސްސީއާއި މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ އިސްލާހުތަކަކީ ފެންނަ ނުފެންނަ ވޯޓެއް ލާޒިމްވާ ކަންކަމެއް ނޫނެވެ.

“ގާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިސްލާހުތައް ވެސް މާ ލަސްތަކެއް ނުވެ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ. މިހާރު ހިނގަމުން ދަނީ މި ކަމުގެ އެންމެ ފަހުގެ މަޝްވަރާތައް،” އުޝާމް ވިދާޅުވިއެވެ.

ސަރުކާރުން މި އިސްލާހުތައް ވަކިވަކިން ހުށަހަޅާތީ ބައެއް ފަރާތްތަކުން ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފައްދާފައިވީ ނަމަވެސް، ބަންޑާރަ ނައިބު ވަނީ އެ ހުރިހާ މަސައްކަތެއްވެސް ތަރުތީބުން ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ