1447 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައާއި މިސްކިތްތަކުގައި ކުރުމަށް ހަމަޖެހިފައިވާ ތަންތަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަހަރުގެ ޢީދު ނަމާދު ކުރުން އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ހެނދުނު 7:00 ގައެވެ.
މާލެ ސިޓީގައި ޢީދު ނަމާދުކުރުން
މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމް ގައެވެ. މީގެ އިތުރުން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް، ފުރުޤާން މިސްކިތް، ނޫރު މިސްކިތް، ޝަހީދު ޢަލީ މިސްކިތް، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، ބަންޑާރަ މިސްކިތް، ޞަލާޙުއްދީން މިސްކިތް، ޖަލާލުއްދީން މިސްކިތް، އިބްރާހީމް މިސްކިތް، އިސްކަންދަރު މިސްކިތް، ޔޫސުފުލް ބަރުބަރީ މިސްކިތް، ރަންމިސްކިތް، ފައިފުހޭ މިސްކިތް އަދި މާފަންނު އާމިސްކިތް ހިމެނެއެވެ.
ވިލިމާލެ އަދި ހުޅުމާލޭގައި ޢީދު ނަމާދުކުރުން
ވިލިމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ވިލިގިލި ބޯޅަދަނޑު ގައެވެ. އަދި މިސްކިތްތަކުގެ ތެރެއިން މަސްޖިދުއްސަލާމްގައި ޢީދު ނަމާދު ކުރުން އޮންނާނެއެވެ. ހުޅުމާލެ ފޭސް 1 ގައި ބޮޑު ޖަމާޢަތް އޮންނާނީ ސިންތަޓިކް ޓްރެކް ގައެވެ. މީގެ އިތުރުން ފޭސް 1 ގެ 5 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެއެވެ. އޭގެ ތެރޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ތާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދިޤާ އަދި މަސްޖިދުލްވާލިދައިނި ހިމެނެއެވެ.
ހުޅުމާލެ ފޭސް 2 ގެ އިންތިޒާމްތައް
ހުޅުމާލެ ފޭސް 2 ގައި ބޮޑު ޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދު ޙަސަން އާދަމް އާއި ނިރޮޅުމަގާ، ހީނާމާހިނގުމާ އަދި ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ. މީގެ އިތުރުން ފޭސް 2 ގެ މަސްޖިދުލް އީމާން އަދި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައިވެސް ޢީދު ނަމާދު ކުރުން އޮންނާނެއެވެ.
ޖުމްލަ ގޮތެއްގައި މާލެ ސަރަޙައްދުގެ 4 މައިދާނެއްގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން އޮންނައިރު، 25 މިސްކިތެއްގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.



