އަންނަ މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ވޯޓާސް ލިސްޓްގައޮ ސޮއި ކުރަން މިއަދު ފަށައިފި އެވެ.
މި އިންތިހާބާއި ގުޅޭ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރަން ފެށީ މިއަދެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިނަލް ރަޖިސްޓްރީގައި ސޮއި ކުރުން ކުރިއަށް ދާނެއެވެ.
އެގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއި ކުރުން ކުރިއަށް ގެންދާއިރު، ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުން ކުރިއަށް ގެންދަނީ އީސީގެ އިންތިޚާބާ ބެހޭ މަރުކަޒު ގަ އެވެ.
އީސީން ބުނީ، ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން އަންނަނަމަ، އެކަން ބަޔާންކޮށް ބަދަލުގައި އަންނަ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެ ކަމަށެވެ.
އަންނަ މަހުގެ 4 ގައި 3 ވޯޓެއް ނަގާނެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.



