ބުރާސްފަތި ދުވަހަކީ މިއަހަރުގެ ރަމަޟާންމަހުގެ ފަހު ދުވަސް ކަމަށާއި ފިތުރު އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ހުކުރު ދުވަހަކީ މިއަަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވައި، އިޢުލާންކުުރެއްވީ ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ހަނދާ ބެހޭ ބަޔާނުގައެވެ.
އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށެވެ. އަދި އިސްލާމީ ޤައުމުތަކަށްވެސް ޝައްވާލުމަހުގެ ހަނދު ނުފެންނަ ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ.
އެހެންކަމުން މާރިޗު 20 ވާ ހުކުރު ދުވަހަކީ ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ އެއްވަނަ ދުވަސްކަމަށާއި އަދި އެދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމުގައި ކަނޑައަޅުއްވާފައިވާކަމަށް ހަނދާބެހޭ ބެހޭގޮތުން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.



