Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަންނަ މަހު ސިންގަޕޫރާއި އޮމާނުން ތެޔޮ ޝިޕްމަންޓްތަކެއް ގެންނަނީ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެކުރާ އޮމާންގެ އިތުރުން ސިންގަޕޫރުން ވެސް ތެލުގެ ޝިޕްމަންޓެއް ބަރުކޮށްފައިވާ ކަމަށާއި، އަންނަ މަހުގެ ކުރީކޮޅު އެ ޝިޕްމަންޓުތައް ރާއްޖެ ގެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އޭޕްރީލް މަސް ފެށޭއިރު ސިންގަޕޫރުން ބަރުކޮށްގެން އަންނަ ޑީސަލާއި ޕެޓްރޯލްގެ ޝިޕްމަންޓެއް އަންނާނެ ކަމަށެވެ. އަދި އަންނަ މަހުގެ 4 ނުވަތަ 5 ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ ތެޔޮ ވެސް ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެގުނަ އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. 

“ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުން ވެދާނެތީވެ އަދި އާންމުންނަށް މާ ބޮޑަށް ގެއްލުން ވެދާނެތީވެ، އޭގެ އުނދަގޫތައް ފޯރަފާނެތީވެ، ބައެއް ކަހަލަ ދިމަދިމާލުން އަޅުގަނޑުމެން ތެލުގެ އަގު ބޮޑުނުކޮށް، ސަބްސިޑައިޒް ކޮށްގެން މިގެންދަނީ،” މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ޕެޓްރޯލާއި ޑީސަލް ސްޓޮކްގައި އެބަހުރި ކަމަށާއި، މަސްވެރިންނާއި އާންމު ހިދުމަތް ހޯދާ ފަރާތްތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެސްޓީއޯ އިން މިވަގުތު ޕެޓްރޯލް ލިޓަރެއް 16.01 ރުފިޔާއަށް ވިއްކާއިރު، ޑީސަލް ލިޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މިދިޔަ ހަފުތާގައި ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ސައީދު ވިދާޅުވީ ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ވެފައިވާ “ނޮމިނޭޝަން” އެރޭންޖްމެންޓުގެ ދަށުން ދުރާލާ ރޭވިގެން ކަމަށެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ކުއްލިއަކަށް ނިމޭނެ ކަމަށް ނުބެލެވޭތީ، ކުރިއަށް އޮތް ހަ މަސް ދުވަހަށް އަމާޒުކޮށްގެން ސަރުކާރުން ކަންކަން ރާވަމުން އަންނަ ކަމަށެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ